edheyraajje.mv
Open in
urlscan Pro
2606:4700:3037::ac43:c634
Public Scan
URL:
https://edheyraajje.mv/
Submission: On August 21 via api from US — Scanned from DE
Submission: On August 21 via api from US — Scanned from DE
Form analysis
0 forms found in the DOMText Content
ބޮޑުންގެ ގޭދޮށުގައި މުގޯލި ނޭޅުމަށް މިޝަން އޮނިގަނޑު ރިޕޯޓް ޕޮޑްކާސްޓް ބޮޑުންގެ ގޭދޮށުގައި މުގޯލި ނޭޅުމަށް މިޝަން އޮނިގަނޑު ރިޕޯޓް ޕޮޑްކާސްޓް ތަރައްގީކޮށް ހިންގާނެ ތަސައްވަރެއް އެކަށައަޅާނެ އޮނިގަނޑެއް ހޯދުމަށް ހިޔާލު ފޮނުއްވުމަށް as@sds.vv ތައާރަފު "އެދޭ ރާއްޖެ" ނަމުގައި ހަރަކާތެއް ފެށުމުގެ މައިގަނޑު ބޭނުމަކީ، މާޒީގައި ގައުމު ހިންގިގޮތުގެ އޮނިގަނޑުގެ ތާރީހުން ދެއްކި ހަގީގަތްތަކާއި ފާއިތުވެދިޔަ 16 އަހަރުގެ ތަޖުރިބާގެ އަލީގައި ގާނޫނު އަސާސީ އާއި ގާނޫނުތަކުގައި ލިޔެވިގެން އަމަލު ކުރަމުންދިޔަ އުސޫލުތަކާއި ހަމަތަކަށް ބަލާއިރު، ފެހި ގާނޫނު އަސާސީން ތަސައްވަރު ކުރި ތެދުވެރި އިހްލާސްތެރި މީހާ އާއި މީހުންނަކީ އިނގިލިން ގުނާލެވޭހާ ވެސް މަދު ބަޔެކެވެ. އަދި ގާނޫނު އަސާސީން ދެކޭ ފަދަ ތަހުޒީބީ މުޖުތަމައުއެއް ވެސް ރާއްޖޭގައި ނެތުމާއެކު ގައުމު ހިންގުމަށް މިހާރު އޮތް އޮނިގަނޑުގެ ތެރެއިން ރާއްޖެ ހިންގަމުންދާ ނަމަ ރާއްޖެއަށް ލިބޭނެ ގެއްލުން އިންތިހާއަށް ބޮޑުވެގެންދާނެކަމަށް ގާނޫނު އަސާސީ ހެދި މީހުންނާއި ދިރާސާ ކުރާ ފަރާތްތައް އެއްބަސްވާ ހިނދު، އެ ގެއްލުންތައް ވީހާ ވެސް ކުޑަ ކުރުމަށް ވަނީ ގޮތްތަކެއް ހޯދަން ޖެހިފަ އެވެ. އެކަމަށް އޮތް އެއް މަގަކީ ޑިމޮކްރަސީގެ އެންމެ އަސާސީ ސިފަތައް ކަމަށްވާ ކަންކަން ނިންމުމުގައި ވީހާ ވެސް ގިނަ މީހުން ބައިވެރި ކުރުވުމާއި ރައްޔިތުންގެ ކަންކަމާ ހަވާލުވެ ތިބޭ މީހުން ޖަވާބުދާރީކޮށް ޒިންމާދާރު ކުރެވޭނެ ފަސޭހަ މަގެއް ހޯދުމެވެ. ދިވެހި ގައުމުގެ ހަގީގީ ވެރިންނަކީ ރައްޔިތުން ކަމަށްވެފައި ރައްޔިތުންގެ ބާރު އަބަދު ވެސް އެ މީހުންގެ އަތްމަތީގައި ދެމިއޮންނާނެކަމާ، ރައްޔިތުންގެ ކަންކަމާ ހަވާލުވާ މީހާ، މިހަވާލު ވަނީ ރައްޔިތުންނަށް އަދާކޮށްދޭން ޖެހޭ ޒިންމާއެއް އޮތް ކަން، އެ މީހާގެ ސިކުޑި އާއި ހިތުގައި އަބަދު ވެސް ބިންވަޅު ނެގި އަދި އެ އިހްސާސް ކުރެވޭނެ ހިންގުމުގެ އޮނިގަނޑަކަށް މިވަނީ ބޭނުން ޖެހިފަ އެވެ. އެހެންކަމުން ދިވެހިން މިހާރު ތަޖުރިބާ ކުރަމުން މިދާ ހިންގުމުގެ އޮނިގަނޑު ބަދަލުކޮށް، ބޮޑުންގެ ގޭދޮށުގައި މުގޯލި އަޅަން ނުޖެހި ދިރިއުޅެވޭނެކަން ކަށަވަރުވާ ފަދަ ހިންގުމުގެ އާ އޮނިގަނޑެއް ވާހަކަ ދައްކަން ޖެހިއްޖެކަމަށް ފެނުމެވެ. ހުށަހަޅާ އޮނިގަނޑު އަސާސްތައް ރައްޔިތުންގެ ބާރު އިންތިހާބު ކުރުމާއި މަގާމުގައި ދެމި ހުރުން ދައުލަތާއި ސަރުކާރު ރައްޔިތުންގެ މަޖިލިސް ސަރަހައްދީ ހިންގުން އަދުލު އިންސާފު މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތައް ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތައް ރިފޯމް އެޖެންޑާ ބޮޑުންގެ ގޭދޮށުގައި މުގޯލި ނޭޅުމަށް